English Edition
Dhivehi Edition
ފޭދޫ ސަންސެޓް ބީޗް

އައްޑޫ ސިޓީ ފޭދޫގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ބައު ކާރުތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ފޭދޫގެ އެކި ސަރަޙައްދުތަކުގައި ހާއްސަކޮށް އެ އަވަށުގެ ހުޅަނގުފަރާތު އޫރިދޫ އެންޓެނާ ކައިރީގައި އަދި ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުމަގު (ލިންކް ރޯޑް) ގައިވާ ކުޑަކުދިންގެ ޕާކް ކުރިމަތި ބަހައްޓާފައިވާ ބައު ކާރުތަކުގެ ސަބަބުން އެ ސަރަހައްދު ކުނި ކަހާ ސާފުކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން

މީގެ އިތުރުން އެ ކައުންސިލުން ވަނީ “އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު” ގައި ވާގޮތުގެ މަތިން މިއަދުން ފެށިގެން 15 ދުވަސްތެރޭގައި މި ތަކެތި ނެގުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

އައްޑޫ ސިޓީގެ މަގުތަކުގައި ބައު ކާރުތަކާ ޖޯލިފަތިތަކާ އަދިވެސް ދުއްވާ މީހުންނަށް އުނދަގޫވާ ގޮތަށް ތަކެތި ބަހައްޓަމުން އަންނައިރު މީގެ ކުރިންވެސް ކައުންސިލުން ވަނީ އެ ފަދަ ތަކެތި މަގުމަތީގައި އަދި އާންމުންނަށް އުދަގޫވާ ގޮތަށް ނުބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.