English Edition
Dhivehi Edition

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު ބާއްވާ “ޕިންކް ރިބަން ރަން ވޯކް” އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ނިއީ ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެމްއެސް) ގެ ފަރާތުން ބާއްވާ އިވެންޓެކެވެ.

ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ބާއްވާ މި އިވެންޓު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. މި ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދުވުމުގައި ބޭނުންކުރާ ބިބް މާލޭން ލިބެން ހުންނާނީ ސޮނީ ސްޕޯރޓްސް ލައިފް ސްޓައިލް (މަޖީދީމަގު)، ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)، ސޮނީ ސްޕޯރޓްސް އައުޓްލެޓް ސްޓޯރ (ހުޅުމާލެ) އިންނެވެ. އަދި މި ހަރަކާތް އޮންނަ ރަށްތަކުން ވެސް ބިބް ގަންނަން ލިބެން ހުންނާނެއެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން “ޕިންކް ރިބަން ރަން ވޯކް” ބޭއްވުމަށާއި އަދި ކެންސަރ ސްކްރީނިންގ ފަދަ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.