English Edition
Dhivehi Edition
މުހައްމަދު ޝާހިދު(ކ) އާއި އަލީ އިރުފާނު.

ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ދެ ނަމެއް ހުށަހަޅައިފިއެވެ. އެގޮތުން ސަރުކާރުން ހުށަހަޅާފައި ވަނީ މުހައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަމެވެ.

ޝާހިދު ވަނީ އިނގިރޭސިވިލާތުގެ އީސްޓް ލަންޑަން ޔުނިވާސިޓީން އެކައުންޓިން އާއި ފިނޭންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވައި، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ހާސިލް ކުރައްވައިފައެވެ. މީގެ އިތުރުން އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާ، މީރާގެ ބޯޑުގެ ސެކްރެޓަރީ ކަމާއި އެ އިދާރާގެ އެކި ޑިޕާޓްމަންޓުތަކުގެ ޑިރެކްޓަރު ޖެނެރަލްކަން ކުރައްވައިފައެވެ.

އިރުފާން ވަނީ އިނގިރޭސިވިލާތުގެ ހެރިއޮޓް-ވަޓް ޔުނިވާސިޓީން އެކައުންޓިން އާއި ފިނޭންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވައި، ހަމަ އެ ގައުމުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އިންގްލޭންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިފައެވެ. އޭނާ މިވަގުތު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރިފޯމް ޕްރޮޖެކްޓްގެ ޑިރެކްޓަރުގެ ގޮތުގައެވެ. އޭނާ ވަނީ ވޯލްޑް ބޭންކުގެ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަނ،ް ފައިނޭންސް އެންޑް ގްރާންޓް އޮޕަރޭޝަންގެ ‘ވޮއިސް ސެކަންޑީ’ ގެ މަގާމު ވެސް ފުރުއްވައިފައެވެ.