English Edition
Dhivehi Edition

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އިއިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވީ އާދިއްތަ ދުވަހުއެވެ. އޭގެ ކުރުން މިމަހުގެ 22 ވަނަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އޭނާ މަގާމުން ވަކިކޮށް ސިޓީ ފޮނުވާފައެވެ.

ބީއެމްއެލްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އައިޝަތު ނޫރައްދީނަށް ޕީސީބީން ސިޓީއެއް ފޮނުވި ނަމަވެސް އެގޮތަށް ބޯޑު މެންބަރުން ވަކި ކުރުމަކަށް އެ ބޭންކުގެ ހިންގާ ގަވާއިދު ތަނެއް ނުދެ އެވެ.

ބީއެމްއެލްއަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެ ތަނުގެ ބޯޑަށް މީހުން އައްޔަންކޮށް ވަކިކުރެވޭނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.