ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު ވ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އެހެންކަމުން ހެނދުނު 08:00 އިން ފެށިގެން 12:00 ގެ ނިޔަލަށް ވ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ވައިޓް އެލަރޓު ވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށްް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށްް ބޯކޮށްް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް އެ ސަރަހަށްދުގެ ރަށްތަކަށް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށްް ބުނެއެވެ.
މެޓުން ބުނީ ދެކުނާ އާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓައި 5 ފޫޓާއި ދެމެދުގައިކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.