English Edition
Dhivehi Edition

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ އަލް-އަބްހާ އާއި އަލް-ނަޞްރު ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

އަލް-ނަޞްރުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެންވެސް ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކުރީ އަލް ނަޞްރުންނެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި އަލް ނަޞްރަށް މެޗުގެ ލީޑުނަގައިދިން ލަނޑު ޖަހައިދިނީ މާކޯ ބްރޮންޒޮވިޗުގެ އެހީތެރިކަމާއި އެކު އޮޓާވިއޯއެވެ. އަލް ނަޞްރުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 28 ވަނަ މިނެޓުގައި އެންޑަސަން ޓަލިސްކާއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ސަދިއޯ މާނޭއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަބްހާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަބްހާއަށް ލަނޑު ޖަހައިދިނީ އަބްދުﷲ ބުގައިރްއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ އަލް ނަޞްރު އެއް ލަނޑުގެ ތަފާތުން ކުރީގައި އޮވެގެންނެވެ. އަބުހާއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ އިތުރަށް ދެއްކި ފަސްމިނެޓުގެ ތެރޭގައެވެ. މި ލަނޑު އަބުހާއަށް ޖަހައިދިނީ ކާލް ޓޯކޯ އެކަމްބީއެވެ.

ރޭގެ މިނަތީޖާއާއި އެކު އަލް ނަޞްރު އޮތީ ކުޅުނު ނުވަ މެޗުން ހޯދި 19 ޕޮއިންޓާއި އެކު ލީގުގެ ތިންވަނާގައެވެ. އަދި އަބުހާ އޮތީ ނުވަ މެޗުން ހަތް ޕޮއިންޓު ލިބިގެން 15 ވަނާގައެވެ.