English Edition
Dhivehi Edition
ދުއްވާފައި ދަނިކޮށް އިންޖީނު ހުއްޓުނު "ނަތީޖާ" ދޯނި/ފޮޓޯ އެމްއެންޑީއެފް
އދ.އޮމަދޫން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ “ނަތީޖާ” ދޯނީގެ އިންޖީނު ހުއްޓި ރިޕޯޓުކުރުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯނި، ރ.މާކުރަތުގެ 6 ނޯޓިކަލް މޭލު ބޭރުން ބެޓެރި ފެއިލްވެ، އިންޖީނު ހުއްޓުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ 21:58 ހާއިރެވެ. މިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ “ހާބަރ ކްރާފްޓް 116” ވަނީ ދޯނި ސްޓާޓު ކުރުމަށް ބޭނުންވާ ބެޓެރި ހިފައިގެން ރޭ ދަންވަރު 02:18 ހާއިރު ދޯނި އޮތް ސަރަހައްދަށް ދަތުރުކޮށްފައެވެ.
އެ ސަރަހައްދަށް ދަތުރުކުރި ސިފައިންގެ އެހީތެރިކަމާއެކު ބެޓެރި ބަދަލުކޮށް، މިއަދު ހެނދުނު 09:03 ހާއިރު ދޯނީގެ އިންޖީނު ސްޓާޓު ކުރެވި، ދޯނި ކުޅުދުއްދުއްޓަށް ދިއުމަށް ފުރާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.