English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 11 ޖެހިއިރު މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ ސަރުކާރު ހިންގެވުމުގައި މަޖިލީހުގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުުރުން މި ބައްދަލުކުރެއްވުމުގައި ވެރިކަމާ ހަވާލުވުމަށް ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ރަސްމީ ބައްދަލުކުރެއްވުމުގައި މުއިއްޒުގެ އަރިހުގައި އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ބައިވެރިވެ ވަޑައިގެންނެވިއިރު މުއިއްޒު ވަނީ މަޖިލީހަށް ވަޑައިގެން މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.

ޑރ. މުއިއްޒު ވަނީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ އިންތިގާލި މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިޔުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.