English Edition
Dhivehi Edition
ބީއެމްއެލް ވެލިދޫ ބްރާންޗް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ދައުރުވަމުން ދަނީ ‘ފޭކު’ މެސެޖެއް ކަމުގައި އެ ބޭންކުން ބުނެފިއެވެ.

އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓް ކުރަން އެދި ފޮނުވަމުން ދާ މެސެޖާ ގުޅިގެން ބީއެމްއެލް އިން ބުނީ އެ މެސެޖަކީ މަކަރާއި ހީލަތުން ޒާތީ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ފޮނުވާ މެސެޖުތަކެއް ކަމަށާއި އެ މެސެޖުތައް ފޮނުވަނީ ބީއެމްއެލްގެ ނަމުގައި ފޭކު ނަންބަރު ތަކަކުން ކަމަށެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުން ދާ މެސެޖުގައިވަނީ ބޭންކް އެކައުންޓު ހޯލްޑް ކޮށްފައިވާ ކަމަށާއި މައުލޫމާތު އަޕްގްރޭޑް ކުރުމަށް އެދިފައެވެ. އަދި މައުލޫމާތު އަޕްގްރޭޑް ކުރުމަށް ކަމަށް ބުނެ ލިންކެއް ވެސް އެ މެސްޖުގައި ވަނީ ހިމަނާފައެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަ އިތުރުވަމުން އަންނަ އިރު ކަމާ ބެހޭ އިދާރާތަކުން އަންނަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.