English Edition
Dhivehi Edition
ޑރ.މުއިއްޒު /ފޮޓޯ:ޕީޕީއެމް

ޕީއެންސީގެ ވެރިކަމުގެ ދައުރު ނިމޭއިރު އައްޑޫ ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ އައްޑޫ ސިޓިއަށް ކުރެއްވި ދަތުރުގައި މުއިއްޒު ވިދާޅުވީ ވީ އެ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އައްޑޫ ސިޓީގެ ރައްޔިތުން އުންމީދުކުރައްވާ މަންޒަރު ހަގީގަތަކަށް ހަދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ ޕީއެންސީގެ ވެރިކަމެއްގައި ހައުސިން މަޝްރޫތައް ހިންގައި، ގެދޮރު ބިނާކުރަން ލޯނު ދެއްވާނެކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އޭނާގެ ވިސްނުންފުޅަކީ ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ރާއްޖެ ތަރައްގީކުރުން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ވާނީ އޭރުން ކަމަށެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމެވި “ރަސްރަނި ބަގީޗާ” ފަދަ ރީތި ޕާކުތަކެއް އޭނާގެ ވެރިކަމެއްގައި ކޮންމެ ސިޓީއެއްގައި ވެސް އަޅުއްވައިދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.