English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

އިދިކޮޅު ޕީއެންސީ ކެންޑިޑޭޓް އަދި މޭލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ގެ ކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވާފައިވާކަމަށް ބުނެ ފަތުރަމުން ދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ،

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުއިއްޒު ގެކޮޅަށް ފުލުހުން މަސްތުވާތަކެތި ވައްދައި ރެއިޑްކުރަން ރާވާން ފަށައިފިކަމަށް ބުނެ ޗެނަލް 13 އިން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް،ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ގެނެސްދިނުމުން، އެ މުއައްސަސާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ހިލާފު މިފަދަ އަމަލުތައް ނުކުރުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ.