English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނުމެޗު ޗެލްސީ ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރުމުން ލީގުހޯދުމަށް ކުރަމުން އަންނަ އުންމީދަށް މިހާރުވަނީ ދިރުމެއް ލިބިފައެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ޗެލްސީން ކާމިޔާބުކޮށްފައިވަނީ ނިއުކާސަލްއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް 3-1 ލަނޑުގެ ނަތީޖާ އިންނެވެ.

ރޭގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑުނެގީ ނިއުކާސަލް އެވެ. މެޗުގެ 12 ވަނަ މިނެޓްގައި އެޓީމަށް އެލަނޑު ޖަހައިދިނީ ޑުވައިޓް ގޭލްގެއެވެ. އެޓީމުން ލީޑުނެގިޔަސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް ރަށުން ބޭރުގައި ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ރޭގެ މެޗުގައި ޗެލްސީގެ ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ދެ ލަނޑު، އަލްވަރޯ މޮރާޓާ އެއް ލަނޑެއެވެ.