English Edition
Dhivehi Edition

ބެސްޓް ފުޓްސަލް ޓޯނަމެންޓްގެ ނަމުގައި ސ. ހުޅުމީދޫގައި ފުޓުބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ބެސްޓް ސެލެކްޝަން އިން ސްޕޮންސަރ ކޮށްގެން މުލިމަތި ޖަމްއިއްޔާ އިން ބާއްވާ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ 16 އިން 26 އަށެވެ. އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިމުބާރާތް ކުރިއަށްގެންދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުންވަނީ ބުނެފައެވެ.

މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިހިނގާ ޑިސެމްބަރުމަހު ފަސްވަނަ ދުވަހު ހުޅުވައިލާނެއެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އަންނައަހަރު ޖެނުއަރީމަހު 15 ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިކުރާނީ ޖުމްލަ 16 ޓީމެވެ.

ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޓްރޮފީއާއި އެކު 25000 ރުފިޔާގެ އިނާމެއްވަނީ ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 12000 ރުފިޔާއެވެ.

މުލިމަތި ޔުނައިޓެޑުގެ ރައީސް އަބްދުﷲ ވަސީމް ވިދާޚުވީ މިއީ އެފް.އޭ.އެމް ގައި ރަޖިސްޓްރީ ކޮށްގެން ކުރިއަށް ގެންދާނެ މުބާރާތެއް ކަމަށެވެ. މުބާރާތް ކުރިއަށް ގެންދާނީވެސް އެފް.އޭ.އެމްގެ ގަވާއިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މުބާރާތަކީ އެރަށުގެ ޒުވާނުންގެ މެދުގައި، ފުޓުސަލް އަށް ލޯބިޖައްސައި އެވެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މުބާރާތަށް ރައްޔިތުންގެ އެއްބާރުލުމާއި ތަރުހީބު ބޭނުންވާނެ ކަމަށްވެސް ވަސީމް ވިދާޅުވިއެވެ.

ބެސްޓް ސެލެކްޝަނުން ސްޕޮންސަރކޮށްގެން މުލިމަތި ޔުނައިޓެޑުންވަނީ މިދޔަ އަހަރުވެސް ފުޓްސަލް މުބާރާތެއް ބާއްވައިފައެވެ.

ޓެގު