English Edition
Dhivehi Edition

އައްޑޫ ސިޓީގެ ޒުވާން އަންހެނުންނަށް ފުޓުސަލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މުބާރާތް އިންތިޒާމް ކުރަނީ އައްޑޫ ޒުވާނުންގެ ގުރޫޕަކުންނެވެ. އެމީހުން ބުނީ މުބާރާތް ބާއްވާނީ މިހިނގާ އޮކްޓޯބަރުމަހުގެ 24 އިން 27 އަށް ހިތަދޫ ފުޓުސަލް ދަނޑުގައެވެ.

މުބާރާތުގައި ބައިވެރިވެވޭނީ 25 އަހަރުން ދަށުގެ ޒުވާނުންނަށް ކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ. “މިއީ އައްޑޫ ސިޓީ ހިތަދޫ ޔޫތު ސެންޓަރާއި އައްޑޫ ވިމެންސް ފުޓުސަލް ގުރޫޕް ގުޅިގެން ބާއްވާ މުބާރާތެއް،” މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ މަރަދޫ ހަބުރޫޓެވެ. މިއީ ފޯރިގަދަ މުބާރާތަކަށް ހެދުމަށް އިންތިޒާމްކުރާ ފަރާތުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ފޯރިގަދަ ކުރުމަށްޓަކައި އެކި ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާ ކަމަށްވެސް އެ ގުރޫޕުން ބުންޏެވެ.

ޖުމްލަ 6 ޓީމް ބައިވެރިކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ ވަނަތަކަށް ހޮވޭ ޓީމްތަކާއި ކުޅުންތެރިންނަށް ތައްޓާއި އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ އައްޑޫގައި ފުޓުސަލް ދިރުވައި އާލާ ކުރުވުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށްވެސް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

ޓެގު