English Edition
Dhivehi Edition

ޒުވާނުންތަކެއް އިސްނަގައިގެން އައްޑޫސިޓީ ހިތަދޫގައި ފެށި “ހަބްރޫޓުވިމެންސް ޗެލެންޖް 2017” ފުޓުސަލް މުބާރާތުގެ ފުރަތަމަ މެޗު މަރަދޫ އަވައެފްޓީން ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.

ހިތަދޫ ޔޫތުސެންޓަރުގެ ފުޓުސަލް ދަނޑުގައި މިރޭ ކުޅުނު މެޗުން އެޓީމް މޮޅުވީ ހިތަދޫ ވިމެންސް ޓީމާ ބައްދަލުކޮށް 7-2 ލަނޑުންނެވެ.

އަވައެފްޓީގެ ހަތް ލަނޑުގެ ތެރެއިން 5 ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލްމާ އަލީއެވެ. މި މޮޅާއެކު އަވައެފްޓީއަށް ވަނީ 3 ޕޮއިންޓް ކަށަވަރުވެފައެވެ.

މުބާރާތުގެ މެޗެއް ދެންއޮންނާނީ މާދަމާ ހަވީރުއެވެ. ބައްދަލުކުރާނީ އަވައެފްޓީއާއި، މައިލޯ ވިމެންސް ޓީމެވެ. މެޗު ފަށާނީ ހަވީރު 5:00 ގައެވެ.
މިމުބާރާތުގައި ވާދަކުރަނީ ޖުމްލަ 4 ޓީމެވެ. މި މުބާރާތުގެ މައި ސްޕޮންސަރަކީ މަރަދޫ ހަބްރޫޓެވެ. ކޯސްޕޮންސަރަކީ ދިރާގެވެ. މީޑީއާޕާޓްނަރަކީ އޭއޯނިއުސްއެވެ.

“މިއީ އައްޑޫ ސިޓީ ހިތަދޫ ޔޫތު ސެންޓަރާއި އައްޑޫ ވިމެންސް ފުޓުސަލް ގުރޫޕް ގުޅިގެން ބާއްވާ މުބާރާތެއް. ބޭނުމަކީ ފުޓުސަލްކުޅޭ ކުދިން އިތުރުކޮށް ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުން،” މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށްހުރި އިބްރާހިމް ޟިރާރު ބުންޏެވެ.

ޓެގު