English Edition
Dhivehi Edition

މި ހިނގާ އޮކްޓޯބަރު މަހުގެ 24 އިން 27 އަށް އައްޑޫސިޓީގައި ބާއްވާ “ހަބްރޫޓު އަންޑަރ 25 ޗެމްޕިއަންޝިޕް” ފުޓުސަލް މުބާރާތުގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފިއެވެ.

ސްޕޮންސަރުންނާއެކު ސޮއިކުރުމުގެ ހަފްލާ ބޭއްވީ ހިތަދޫ ޔޫތުސެންޓަރުގައެވެ. މުބާރާތުގެ މައި ސްޕޮންސަރަކީ މަރަދޫ ހަބްރޫޓެވެ. ކޯސްޕޮންސަރަކީ ދިރާގެވެ. މީޑީއާޕާޓްނަރަކީ އޭއޯނިއުސްއެވެ.

ސްޕޮންސަރުން ސޮއިކުރުމުގެ އިތުރަށް ބައިވެރިވާ ޓީމްތަކަށް ބައިވެރިވުމުގެ ފޯމް ހަވާލުކުރުންވެސް އޮތެވެ. މިހާތަނަށް 4 ޓީމަކުންވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މުބާރާތުގެ ގުރުއަތުލުމުގެ ކުރިން ބައިވެރިވާން އެދޭ ޓީމްތަކަށް އަދިވެސް ފުރުސަތު އޮންނާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ޒުވާނުންގެ ގުރޫޕޫން މައުލޫމާތު ދިނެވެ. މުބާރާތުގެ ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މިމަހު 23 ގައެވެ.

“މިއީ އައްޑޫ ސިޓީ ހިތަދޫ ޔޫތު ސެންޓަރާއި އައްޑޫ ވިމެންސް ފުޓުސަލް ގުރޫޕް ގުޅިގެން ބާއްވާ މުބާރާތެއް. މުބާރާތް އޮންނާނީ ހިތަދޫ ޒުވާނުންގެ މަރުކަޒުގެ ފުޓުސަލް ދަނޑުގައި،” މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

މި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހު 24 ވަނަ ދުވަހު ހަވީރު 4:00 ގައެވެ. ފުރަތަމަ މެޗު އޮންނާނީ ހަވީރު 5:00 ގައެވެ.

ޓެގު

1 ކޮމެންޓް
Wasee
އޮކްޓޯބަރު 20, 2017
Hubroot ah sponser laari dheveynebaa!!!!!