English Edition
Dhivehi Edition

ޒުވާނުންތަކެއް އިސްނަގައިގެން އައްޑޫސިޓީ ހިތަދޫގައި ބާއްވާ “ހަބްރޫޓު އަންޑަރ 25 ޗެމްޕިއަންޝިޕް” ފުޓުސަލް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

ހިތަދޫ ޔޫތުސެންޓަރުގެ ފުޓުސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތް ހުޅުވައިދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ ހަބުރޫޓުގެ ވެރިޔާ އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލްމާ އަލީއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ހިތަދޫ ޖިންސުއްލަތީފުން ކޮޅެއްގެ “ފަރިހަރަކާތްތަކެއް” ވަނީ ހުށަހަޅައިދީފައެވެ.

މިމުބާރާތުގައި ޖުމްލަ 4 ޓީމްވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ކުޅުން ހިތަދޫ ޔޫތުސެންޓަރުގެ ފުޓުސަލް ދަނޑުގައި މިރޭ އޮންނާނެއެވެ.

މި މުބާރާތުގެ މައި ސްޕޮންސަރަކީ މަރަދޫ ހަބްރޫޓެވެ. ކޯސްޕޮންސަރަކީ ދިރާގެވެ. މީޑީއާޕާޓްނަރަކީ އޭއޯނިއުސްއެވެ.

“މިއީ އައްޑޫ ސިޓީ ހިތަދޫ ޔޫތު ސެންޓަރާއި އައްޑޫ ވިމެންސް ފުޓުސަލް ގުރޫޕް ގުޅިގެން ބާއްވާ މުބާރާތެއް. މުބާރާތް އޮންނާނީ ހިތަދޫ ޒުވާނުންގެ މަރުކަޒުގެ ފުޓުސަލް ދަނޑުގައި،” މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.