English Edition
Dhivehi Edition

ދިހަ އަހަރުގައި އޯވަރީ ކެންސަރު ޖެހުނު އާމިނަތު އަލީ އާދަމް (އާމި) މިއަދު ނިޔާވެއްޖެ އެވެ.

ގއ ދާންދޫ އަށް ނިސްބަތްވާ އާމި ގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ މިދިޔަ ޑިސެމްބަރު މަހު ކެންސަރު ދެނެގަނެވުނު އާމިގެ އެތައް ސާޖަރީއަކާއި ފަރުވާތައް ދިން ނަމަވެސް، އެ ކުއްޖާގެ ޓިއުމަރު ކޮންޓްރޯލް ނުވި ކަމަށެވެ.

މީގެ ކުރިން އިންޑިއާ އާއި، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ އާމީ ނިޔާވިއިރު، އޭނާގެ ޖަނާޒާ އޮތީ މިރޭ 10:45 ގައި ހުޅުމާލެ ސަހަރާގައެވެ.

އާމީއަށް އޯވަރީ ކެންސަރު ޖެހިފައިވާކަން އެނގުނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ. އޭނާގެ ބަނޑުގައި އޯވަރީ ޓިއުމަރެއް އިންކަން އޭރު އެނގުނެވެ. އަދި އޮޕަރޭޝަންވެސް ކުރިއެވެ. އޭގެ ފަހުން ކީމޯތެރަފީވެސް ދެމުން ގެންދިޔައެވެ.

އޯވަރީ ކެންސަރު އާއްމުގޮތެއްގައި ޖެހެނީ ބޮޑެތި އަންހެނުންނަށެވެ. ކެންސަރަށް ހާއްސަ ޑޮކްޓަރަކު ވެސް ވިދާޅުވި ގޮތުގައި މިހާ ކުޑަކުއްޖަކަށް އެ ކެންސަރު ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.