ރާއްޖެ އެތެރެކުރި 490 ގްރާމްގެ ކެނަބިސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް އެމެރިކާއިން ރާއްޖެ އެތެރެކުރި ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. ކަސްޓަމްސައިން ބުނީ ޕާރުސަލްތަކުގެ ތެރެއިން ފެނުނީ ހިކި ފަތްތަކެއް ކަމަށާ އެ ތަކެއްޗާ މެދު ޝައްކު ކުރެވިގެން ތަހުލީލު ކުރިއިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނައިރު މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.