English Edition
Dhivehi Edition

އަންނަ ޖެނުއަރީމަހު 10 ގައި ފޭދޫގައި ފަށާ “ފޭދޫ ސޮކަރކަޕް 218” ގައި ބައިވެރިވުމަށް މިހާތަނަށް 8 ޓީމަކު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މުބާރާތް އިންތިޒާމްކުރާ ކޮމިޓީން ބުނީ ހިތަދޫންވެސް 3 ޓީމް ބައިވެރިވާނެ ކަމުގެ ފެހިސިގްނަލް ދީފައިވާ ކަމަށެވެ. އައްޑޫސިޓީގެ އެންމެ އަވަށަކުން ފިޔަވައި އެހެން ހުރިހާ އަވަށްތަކުން ޓީމްތައް ބައިވެރިކުރާނެ ކަމުގެ އުންމީދު ސިގްނަލް ދީފައިވާ ކަމަށްވެސް ކޮމިޓީން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއް ރިޖިސްޓްރީ ފީއެއްގެ ގޮތުގައި ރިޖިސްޓްރީ ފޯމާއެކު 4000 ރުފިޔާ ހުށަހަޅަންޖެހެއެވެ. މި މުބާރާތުގެ ޗެމްޕިއަންޓީމަށްވަނީ 75 ހާސް ރުފިޔާ ހުށަހަޅައިފައެވެ. ދެވަނަ ޓީމަށްވަނީ 30 ހާސް ރުފިޔާ ހުށަހަޅައިފައެވެ.

މިފަދަ މުބާރާތެއްގައި އައްޑޫގައި މިބާއްވަނީ 25 އަހަރަށްފަހު ކަމަށް އިންތިޒާމް ކޮމިޓީން ބުނެއެވެ.