English Edition
Dhivehi Edition
ފޮޓޯ: މިހާރު

މީގެ ކުރިން އެމްޑީޕީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ށ. އަތޮޅު ކައުންސިލް ރައިސް މުހައްމަދު ޝިޔާން ޕޕީއެމް/ ޕިއެންސީ ކޯލިޝަނާ ގުޅިވަޑައިގެންފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށް ދިނުމަށް ޝިޔާން އެ ކޯލިޝަނާ ގުޅުމަށްފަހު ރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ރޫޅާލަން ބޭނުންވާ އެއްޗެހި ރޫޅާ ނިމިއްޖެކަމަށާ ދެން ބޭނުންވަނީ އިރާލަން ކަމަށެވެ.

2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދެވުނު ކަމަށާ ރައްޔިތުންގެ މަޖިލީސްވެސް ހޯދައިދެވުނުކަން ފާހަގަކުރަމުން ޝިޔާން ވިދާޅުވީ ނަމަވެސް އޭރު ދެވުނު ވެރިކަމަކީ އެއީ ހަމަ ‘ގަމާރަކަށް’ ދެވުނު ވެރިކަމެއް ކަމަށް މިއަދު ގަބޫލު ކުރެވޭ ކަމަށެވެ. މީގެ އިތުރުން ޝިޔާން ވިދާޅުވީ ވެރިކަން ނިމެން ކުޑަތަންވުމުން ކައުންސިލްތަކަށް ބާރު ދޭނަމޭ ވިދާޅުވި ނަމަވެސް އެކަން ގަބޫލު ނުކުރެވޭކަމަށެވެ.

އެމްޑީޕީ އާއި ރައީސް ސޯލިހް އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ޝިޔާން ވިދާޅުވީ މުޅި ރާއްޖޭގެ ޗާޓުންވެސް އެމްޑީޕީ ފޮހެލާނެކަމަށާ ދެން އެކުލަ ނުފެންނާނެ ކަމަށެވެ. އަދި ށ. އަތޮޅުން ދައްކާނީ އިއްޔެ ފެނުނު މަންޒަރު ނޫންކަމަށާ، މިއަދު މަންޒަރު ތަފާތުވާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި ށ. އަތޮޅަށް ލިބުނު ތަރައްގީއެއް ވިއްޔާ ލިބިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.