English Edition
Dhivehi Edition

ސިފައިންގެ ބައެއް ޖެނެރަލުންގެ ވާހަކަ ރައްޔިތުން ޤަބޫލުނުކުރާ ހިސާބަށް މިދިޔައީ އަމިއްލައަށްހެދުނު ގޯސްތަކުންކަން ޤަބޫލުކުރަންޖެހޭކަމަށް މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް އަލީ ޒައިދު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝައިޚް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިފައިންގެ ބައެއް ޖެނެރަލުންގެ ވާހަކަ ރައްޔިތުން ޤަބޫލުނުކުރާ ހިސާބަށް މިދިޔައީ އަމިއްލައަށްހެދުނު ގޯސްތަކުންކަން ޤަބޫލުކުރަންޖެހޭކަމަށާއި ޚާއްޞަގޮތެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ހީހީފައި ދިވެހިރާއްޖެ ހިފިދާނެކަމަށްބުނެ ސިފައިންނަށް ޖޯކުޖަހައިފައިކަމަށެވެ.

އަދި މީގެ އިތުރުން ޑިފެންސް މިނިސްޓަރ ވަނީ ދިވެހިންގެޢިއްޒަތް ވެއްޔާމޮޑެލާފައިކަމާއި މިއީ ދެރަކަމެއްކަމަށް ވެސް ޝައިޚް ވިދާޅުވެފައިވެއެވެ.

“ބައެއް ޖެނެރަލުންގެ ވާހަކަ ރައްޔިތުން ޤަބޫލުނުކުރާ ހިސާބަށް މިދިޔައީ އަމިއްލައަށްހެދުނު ގޯސްތަކުންކަން ޤަބޫލުކުރަންޖެހޭ! ޚާއްޞަގޮތެއްގައި ޑިފެންސް މިނިސްޓަރވަނީ ހީހީފައި ދިވެހިރާއްޖެ ހިފިދާނެކަމަށްބުނެ ސިފައިންނަށް ޖޯކުޖަހައި ދިވެހިންގެޢިއްޒަތް ވެއްޔާމޮޑެލާފައި! މިއީ ދެރަކަމެއް!” ޝައިޚް ވިދާޅުވެފައިވެއެވެ.

ސައިޚް އަލީ ޒައިދަކީ މީގެ ކުރިން މިހާރު މިއޮތް ރައީސް ޞާލިހު ނިސްބަތްވެެވަޑައިގަންނަވާ އެމްޑީޕީ ސަރުކާރަށް ތާއީދުކުރައްވާ ގިނަ ވާހަތަކެއް ދައްކަވާފައިވާ ބޭފުޅެކެވެ. އެގޮތުން ޓްވީޓާގައާއި ފޭސްބުކް ފަދަ ޕްލެޓްފޯމުތަކުގައި ޝައިޚުވަނީ މިހާރުގެ ސަރުކާރަށް ތާއީދުކޮށް، އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ރައްދުކުރައްވާފައެވެ.

އަދާލަތު ޕާޓީއަށް ނިޝްބަތްވެވަޑައިގަންނަވާ ޝައިޚް އަލީ ޒައިދު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުގެ ކުރިން މިމަހުގެ ގަތްވަ ދުވަހުގައެވެ.