English Edition
Dhivehi Edition
ފޮޓޯ: ސަން

ޕީޕީއެމް ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އަކީ މަވެތި ބޮޑާ ކިބުރުވެރި މީހެއް ކަމަށާއި މުއިއްޒު ވެރިކަމަށް ގެންނަން ހެޔޮނުވާނޭ ކަމަށް ޕީޕީއެމް ގައި އުޅުމަށް ފަހު ދާދިފަހުން ވެރިކަން ކުރާ ޕާޓީ އެމްޑީޕީއާއި ގުޅުނު ކުރީގެ ރައީސް ޢަބްދު ﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުުއާޒް އަލީ ބުނެފިއެވެ.

މުއާޒު މިފަދައިން ބުނެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

2018 ގައި މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގެ ސްކްރީންޝޮޓެއް ޓެގްކުރުމަށް ފަހު މުއާޒު ބުނީ މީހުންނަށް ހަސަދަވެރިކަން ލުމުގައިވެސް މުއިއްޒަކީ އަރާހުރި، ބޮޑާކަމާ ކިބުރުވެރި ‘މަވެތި’ ބޭފުޅެއްކަމަށާއި އެކަމަށް އޭނާ ހެކިވާކަމަށެވެ. އަދި މުއިއްޒު އަކީ ވެރިކަމަށް ކައިރިކުރަން ހެޔޮވާވަަރުހެ މީހެއް ނޫންކަމަށް ވެސް މުއާޒު ވަނީ ބުނެފައެވެ.

މުއާޒު އޭނާގެ ޓްވީޓުގައި ޓެގްކޮށްފައިވާ ސްކްރީން ޝޮޓް އަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުތެރޭގައި މުއިއްޒު ކުރެއްވިކަމަށް ބުނާ ޓްވީޓެކެވެ. އެ ޓްވީޓުގައި ވަނީ ލާދީނީ މީހެއްގެ އަމުރަށް ގައުމުދެކެ ލޯބި ނުވާބަޔަކު މުޅި ގައުމު ހުޅުޖެހި ދުވަހަކީ ގައުމުގެ ރައްޔިތުން އެކަމުން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށެވެ.

މުއާޒު އެ ޓްވީޓާއި ހަވާލާދީ ބުނީ މިހެން ބުނެފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓެއް ނޫންކަމަށާއި އެއީ އޭރުވެސް ދިވެހި ސަރުކާރުގެ ވަޒީރެއްކަމަށެވެ. އަދި މިކަން ރައްޔިތުން ޤަބޫލުކުރަން ޖެހޭކަމަށް ވެސް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ.

” މިހެން ބުނީ ޕީޕީއެމްގެ އެކްޓިވިސްޓެއް ނޫން. އޭރުވެސް ދިވެހި ސަރުކާރުގެ ވަޒީރެއް! ރައްޔިތުން ޤަބޫލުކުރައްވާ. މީހުންނަށް ހަސަދަވެރިކަން ލުމުގައިވެސް މުއިއްޒަކީ އަރާހުރި، ބޮޑާކަމާ ކިބުރުވެރި ‘މަވެތި’ ބޭފުޅެއް. ހެކިވަން! ވެރިކަމާ ކައިރިކުރަން ހެޔޮނުވާނެ.” މުއްޒު ކުރެއްވި ޓްވީޓެއްގެ ސްކްރީންޝޮޓެއް ޓެގްކޮށް މުއާޒު ބުނެފައިވެއެވެ.

9 ކޮމެންޓް
އަޙުމަދު
ސެޕްޓެމްބަރު 16, 2023
މީނަގެ ކިބުރުވެރިކަމާއި ބޮޑާކަމާއި ތިމާއަށް ތިމާފެނިފައިހުންނަވަރާ ފެންވަރެއްނެތްކަމާއި މިކަންތައްނުދަންނަދިވެއްސެއް ނުހުންނާނެ! ރިތިކޮށް އަނގަލައްޕާގެންހުރިއްޔާ މާތާހިރުވާނެ !
ޥާންޗޯ މުއާޒު
ސެޕްޓެމްބަރު 13, 2023
މިއީދެންކާކު ޢުރައްޕެ ޙުރިމީހެއްނޫން
Ali
ސެޕްޓެމްބަރު 12, 2023
Kobaage muage pppokerga hingaa group that.. faalhuga juvaa kulhe table thah hingaa myhehkanves emmehaa poker kulheny zuvaanunves hekivaane
Rasheedh
ސެޕްޓެމްބަރު 12, 2023
Hedhunu moya bolah vadhegathee dho dhebulhaa fehimeedhaa
ނެއް ނަމެއް ކިޔާ ކަށެއް
ސެޕްޓެމްބަރު 12, 2023
މުއާޒް ތިއީ އަހަރެން ވ ވ ވ ވ ދަންނަ މީހެއް .. އާއިލީ ގޮތުން ވެސް ގުޅިފަ ހުރި މީހެއް .. ނަމަވެސް .. އަހަރެން ތި މުއާޒް އަށް އެއްވެސް އިތުބާރެއް ނެތް ... ޕީޕީއެމް ގާ ހުރި އިރު އެ ނޫން މީހެއް ނެތް .. އެމްޑީޕީ އާ ގުޅުނީމާ އެ މީހުން ނަކީ ޖާސޫސް ކުރާ ބައެއް ކަމަށް ބުނާނެ ... ޖަހަން ކޮއްބަލަ މުއާޒް ... ތިހެން އުޅެމުން އެމްޑީޕީ އިން ހަޑި އެއް ޖަހާގެން ނިކުމޭ ...
Zuam
ސެޕްޓެމްބަރު 12, 2023
Bodaa kamaai, hashadhaverikamaai kiburuveree kaaku kan eba feney
zaleef
ސެޕްޓެމްބަރު 12, 2023
Midhen kaaku olhumakun tharujamaaanuka dhevunee maabodah TV vegen ulheythee fenvaruhuri meehehnoon
Ma
ސެޕްޓެމްބަރު 12, 2023
Theega neh goaheh.. muiz bunnas hama 100% vaahaka eh ey hama.
mua
ސެޕްޓެމްބަރު 12, 2023
raees ofeehuge social club dhavaalaigen bechi meeheh kale thee