English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮންލައިންކޮށް ކުށުގެ ރެކޯޑް ސާފުކުރެވޭ ގޮތް ހަދައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މި ހިދުމަތް ލިބޭނީ އީފާސް މޯބައިލް އެޕް އަޅައިގެންކަމަށާ މި އެޕުން ނުވަތަ ޕީޖީ އޮފީހުން އޮންލައިން ހިދުމަތްތައް ހޯދާ ޕޯޓަލް އިން އީފާސް މެދުވެރިކޮށް ވަނުމަށްފަހު ކުށުގެ ރެކޯޑު މެނޫއިން ކުށުގެ ރެކޯޑަށް އެދި ހުށަހެޅޭނެކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ރެކޯޑަށް އެދޭތާ ގިނަވެގެން މަސައްކަތު އެއް ދުވަހުގެ ތެރޭގައި އޮންލައިން ޕޯޓަލަށް ޖަވާބު އަޕްލޯޑް ކުރާނެ ކަމަށާ އޭރުން ފޯނުންވެސް، އެ މައުލޫމާތު ވަގުތުން ފެންނާނެ ކަމަށެވެ. އަދި ކުށުގެ ރެކޯޑު ޕްރިންޓް ވެސް ކުރެވޭނެ ކަމަށާ އެލިޔުމަކީ އެ އޮފީހުން ދިން ސައްހަ ލިޔުމެއްކަން އެނގޭނެ ވެރިފިކޭޝަން ކޯޑެއް ލިޔުމުގައި އޮންނާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުގެ ހިދުމަތްތައް އޮންލައިންކޮށް، އީފާސް މޯބައިލް އެޕް މެދުވެރިކޮށް ލިބޭގޮތް ހަދާފައި ވަނީ މިދިޔަ މަހު އެވެ