English Edition
Dhivehi Edition
ޑރ.މުއިއްޒު ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގަތުން / ފޮޓޯ:ޕީޕީއެމް

މި މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ކެންސަލްކޮށްފިއެެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިން ދަތުރު ކެންސަލްވިކަން އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން ކަށަވަރުކޮށް ދީފައިވާއިރު މި ދަތުރު ކެންސަލްކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް ޑރ. މުއިއްޒު ވަނީ ކެމްޕެއިންގައި އައްޑޫ ސިޓީއަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ވަނި ކުރިއަށް ގެންގޮސްފައެވެ.

މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ އެންމެ ފަހުގެ ހަރަކާތްތައް ފޯރިއާއި އެކު ކުރިއަށް ދާއިރު ކެމްޕެއިން ނިންމާލުމުގެ ކުރިން އައްޑޫ ސިޓީގައި ބާއްވާ ބޮޑު ޖަލްސައަށް އެމްޑީޕީގެ ސަޕޯޓަރުންވެސް އަންނަނީ ތައްޔާރުވަމުންނެވެ.