English Edition
Dhivehi Edition
މުއިއްޒު އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާ ފޮޓޯ: މިހާރު

މި މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް މުއިއްޒު އާއި ޕީއެންސީގެ ކެމްޕެއިން ޓީމުން އައްޑޫ އަށް ޒިޔާރަތްކޮށްފައިވާއިރު، އެ ސީޓީއިން މުއިއްޒަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މާދަމާ މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މި ދަތުރުގައި މާދަމާ ހަވީރު އޮންނާނީ ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރުމެވެ. އަދި މާދަމާ ހަވީރު 17:30 ން ފެށިގެން 18:00 އަށް ފޭދޫ ފައިސް މާޓް ކަންމަތީގައި ބައްދަލުވުމަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާރޭ ހިތަދޫ އުތުރު، މެދު ދާއިރާ، އަދި ދެކުނު ދާއިރާގައި ކެމްޕެއިން ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވާ ފަސް ގަޑި އިރުގެ މި ދަތުރުގައި މަރަދޫ ، މަރަދޫ ފޭދޫގެ ރައްޔިތުންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.