English Edition
Dhivehi Edition

މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ ވީ ވައުދުތަށް ފަސް އަހަރުތެރޭގައި ކޮށްދީ ނިންމާނޭ ކަމަށް އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިހު ވިދަޅުވެއްޖެއެވެ.

ރައީސްގެ ރިޔާސީ ކެމްޕެއިނަށް ހދ. ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިފަހަރުގެ އިންތިޚާބަށް ވެވަޑައިގަންނަވާ ވައުދުތަކާއި މެދު އެއްވެސް ބޭފުޅަކު ޝައްކުނުކުރެއްވުމަށާއި އެ ހުރިހާ ވައުދެއްވެސް ފަސް އަހަރުގެ ތެރޭގައި ފުއްދާދީ ނިންމާނޭކަމަށެވެ.

” ތިބޭފުޅުން ޝައްކު ނުކުރައްވާ. އަޅުގަނޑުމެން މިވާ ވައުދުތައް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދީ ނިންމާނަން. ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް 43-45 ބިލިއަން ރުފިޔާގެ ވައުދު ވެވަޑައިގެންނެވި ކަމަށާއި އޭގެ ތެރެއިން، ގިނަ ވައުދުތައް ފުއްދާދެވިއްޖެ ކަމަށެވެ. އަދި މިފަހަރު އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކަށް މި ހިސާބަށް އައިރުގައި ގާތްގަނޑަކަށް 31 ބިލިއަން ރުފިޔާ އަރާކަމަށެވެ. އަދި އެއީ މިފަހަރުގެ ވައުދުތަކަށް ހިސާބު ކުރެވިފައި ހުރިވަރުކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުންކަމަށާއި އަންނަ އޮތް ދުވަސްތަކުގައި އެ އަދަދު އިތުރު ވެސް ވެދާނެކަމަށެވެ.