English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް ޓްވިޓަރ

ދިވެހިންގެ ‘ގޯތީގެ އިންފާރު’ ގެ ތެރެއަށް ނުވަންނަ ކަމުގައިވާ ނަމަ ކޮންމެ ގައުމަކާ އެކުވެސް ގާތް ގުޅުން ބާއްވަވާނެ ކަަމަށް ޕީއެންސީގެ ރިޔާސީ ކެންޑިށޭޓް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ރޭ ގެނެސްދިން ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ގެންގުޅުއްވާނީ ދިވެހިން އިސްކުރާ ސިޔާސަތު ކަމަށާއި އެގޮތުން ދިވެހިންގެ ‘ގޯތީގެ އިންފާރު’ ގެ ތެރެއަށް ނުވަންނަ ކަމުގައިވާ ނަމަ ކޮންމެ ގައުމަކާ އެކުވެސް ގާތް ގުޅުން ބާއްވަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިހާރު މި ފެންނަނީ މިދެންނެވި އިމުން ބޭރުވެ ގޯތީގެ އިންފާރުގެ އެތެރެއަށް ގައުމުތަކުން ވަދެފައި އޮތްތަން ކަމަށާއި އެހެންވީމަ އެކަން ބަދަލުވާންޖެހޭކަމަށެވެ. އަދި ރާއްޖެ އަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމަށާއި ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ކޮންމެ ގައުމަކުންވެސް އިހުތިރާމުކުރަން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިހާރު މި ފެންނަނީ މިދެންނެވި އިން، އަޅުގަނޑު ދެންމެ މިދެންނެވި އިމުގެ ތެރެއަށް ވަދެފަ އޮތް ތަން. އެހެންވީމަ އެކަން ބަދަލުވާންޖެހޭ، އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް، އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް ކޮންމެ ގައުމަކުންވެސް ޖެހޭނެ އިހުތިރާމުކުރަން،”މުއިއްޒު ވިދާޅުވި އެވެ.