English Edition
Dhivehi Edition
ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

ފުވައްމުލައް އަދި އައްޑޫ ސިޓީގައި ހުރި ޕީ.ސީ.ބީ އެކުލެވޭ އާލާތްތައް އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރެވޭ ނުރައްކާތެރި ކުނި އަދި ކެމިކަލް ރައްކާކުރާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އިއުލާންކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ ”އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް’ ޕްރޮޖެކްޓްގެ ދަށުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ ސެޕްޓެމްބަރު 12، 2023 ވާ އަންގާރަ ދުވަހު 11:00 ގެ ކުރިންނެވެ. އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މިމަސައްކަތް ނިމުމުން އެމަރުކަޒު ވެގެންދާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަށެވެ.

މި މަޝްރޫއަކީ 16 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.