English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާކަމަށާ ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސެންޓްވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 32,821 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދު ހެދުމާއި، 11,736 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، 16,950 މީޓަރުގެ ކަރބްސްޓޯން ޖެހުމާއި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުމަތީ ސައިން ބޯޑު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، 2,568 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ބަނދަރު މަގުގެ ވޭރިއޭޝަން މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ 73.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.