English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އުރީދޫ މަސް ރޭސް ފުވައްމުލައް ސިޓީގެ ޗެމްޕިއަންކަން “ޓީމް ރީފް ރައިޑާސް” ކާމިޔާބުކޮށްފިއެވެ.

އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސްއިން ހޯދީ ޖުމްލަ 1326.45 ޕޮއިންޓާ އެކުއެވެ. މި މުބާރާތުގައި ރަނަރަޕްކަން ހޯދައިފައިވަނީ 335 ޕޮއިންޓާ އެކު ޓީމް ނަގާއި ހާލީއިންނެވެ. އަދި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ޖުމްލަ 175.8 ޕޮއިންޓާ އެކު މޭރި ބޮލް ޓީމުންނެވެ.

ފުވައްމުލައް ސިޓީގައި ބޭއްވުނު މަސްރޭހުގައި އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ 8.05 ކިލޯގެ ރޫބީއެކެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕިއަންކަން ހޯދި ރީފް ރައިޑާސް ޓީމުން އަބްދުﷲ އިބްރާހިމެވެ.

މުބާރާތުގައި ޖުމްލަ 17 މަސް ބާނާ ފުވައްމުލައް ސިޓީގައި ބޭއްވުނު އުރީދޫ މަސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމުވެސް ކާމިޔާބު ކޮށްފައި ވަނީ އަބްދުﷲ އިބްރާހިމެވެ. އަދި މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ މޭރި ބޮލް ޓީމުން ސަފާ އަދްނާނެވެ.

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައި މި އަހަރު ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށް ގެންދިޔަ މަސްރޭހުގެ ވަނަތަކަށް އައި ޓީމްތަކަށް ވަނީޖުމްލަ 160،000 ރުފިޔާގެ އިނާމު ހަވާލުކޮށްފައެވެ.

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • 3 ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ