English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް ޞޯލިޙް ލަދެއް އަދި ބިރެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަދެއް ނެތި، ބިރެެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީސް މެންބަރުންނާއި އާއްމުންނަށް ރިޝްވަތުދެމުންދާ ކަމަށެވެ.

އަދި އެގޮތަށް ކަންތައްތައް ކުރެއްވެވި ނަމަވެސް އެކަމުން ވާނެ މޮޅެއް ނޯންނާނެ ކަމަށާއި ވާނީ ފަޟީޙަތް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞޯލިޙް ޓެގް ކުރައްވަވައި ނަޝީދު މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާން (ގިޓާ) އެމްޑީޕީ އަށް ސޮއި ކުރެއްވުމާއި ގުޅިގެންނެވެ. ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ.