English Edition
Dhivehi Edition

މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުމް ގޯސްވުމުގެ ސަބަބުން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މަޑުޖައްސާލުމަށްފަހު ޝެޑިއުލާ އެއްގޮތަށް އުދުހުންތައް އަލުން ފަށައިފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެގެ މެންދުރުގެ އުދުހުންތަކަސް ބުރޫ އަރާފައި ވީނަމަވެސް މިހާރު ހުރިހާ އެއާޕޯޓަކުން ވެސް އެތެރޭގެ އުދުހުންތައް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އެތެރޭގެ އުދުހުންތައް ބަރާބަރަށް މިހާރު ކުރިއަށް ދިޔަނަމަވެސް އިއްޔެ މެންދުރު އައި ޑިލޭ ގެ ސަބަބުން ގާތްގަނޑަކަށް އެއްގަޑިއިރާ ދެގަޑި އިރުގެ ޑިލޭއެއް އަދިވެސް އުޅޭކަމަށް އެ އެއާލައިނުން ބުނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ކުރިމަތިވި ޑިލޭގެ ސަބަބުން މާލެއިން ޓްރިވެންޑްރަމަށް ކުރަން އޮތް މޯލްޑިވިއަންގެ ދަތުރު ރޭގެ 11:00 އަށް ވެސް ވަނީ ލަސްކޮށްފައެވެ.

މޯލްޑިވިއަން އިން ބުނީ ޓްރިވެންޑްރަމްގެ ދަތުރު ލަސްކޮށްލީ އެކޮޅުގެ މޫސުން ރަނގަޅު ނުވުމުންކަމަށާއި ރޭގެ ފްލައިޓް ދަތުރުކުރީ އެ ސަރަޙައްދުގެ މޫސުން ރަނގަޅުވުމުން ކަމަށެވެ.

އެ އެއާލައިނުން ބުނީ ވައިގެ ދަތުރުތައް ކުރާއިރު އެންމެ ބޮޑު އިސްކަމެއްދެނީ ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި އެގޮތުން މޫސުން ގޯސްވެ ދަތުރު ނުކުރެވޭ ވަރުގެ އެއްވެސް އިޝާރާތެއްވެއްޖެނަމަ ދަތުރު ނުކުރުމަށް ނިންމާފައިވާކަމަށެވެ.