English Edition
Dhivehi Edition

މިއަދުން ފެށިގެން އެސްޓީއޯ ޕލކ ގެ ޙިއްޞާދާރުންނަށް 2016 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ދޫކުރަން ފަށައިފިއެވެ. ހިއްސާގެ ފައިދާ ދޫކުރުން ކުރިއަށްދަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު 13:30 އާދެމެދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައި އޮފީހުންކަމަށް އެ ކުންފުނިންވަނީ ހާމަކޮށްފައެވެ. ހިއްޞާގެ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑު ކޮޕީ ނުވަތަ ޙިއްޞާގެ ސެޓްފިކޭޓް ގެންނެވުމަށް އެސްޓީއޯ އިން ވަނީ އިލްތިމާޒްކޮށްފައެވެ. ހިއްޞާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ އެކައުންޓަށް، 22 ޖޫން 2017 އާއި ހަމައަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. މީގެ އިތުރުން ބޭންކް އެކައުންޓްއަށް އަލަށް ޖަމާކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން “ބޭންކަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމް” ފުރުއްވުމަށްފަހު އެ ކުންފުންޏަށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އަދި ފޯމް ހުށަހަޅުއްވާތާ މަސްދުވަހުގެ ތެރޭގައި ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ މިއަހަރު މޭ 30 ގައި ބޭއްވި އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2016 ވަނަ އަހަރުގެ ކުންފުނީގެ ފައިދާގެ ތެރެއިން ޙިއްޞާދާރުންނަށް ޙިއްޞާއަކަށް -/51ރ. (ފަންސާސް އެއް ރުފިޔާ) ބެހުމަށްވަނީ ފާސްކޮށްފައެވެ.