English Edition
Dhivehi Edition

ސ.މީދޫ ރޯނުގޭ އައިޝަތު ޒާހިރާ(ރަޝީދާ) އާއި ސ.މަރަދޫފޭދޫ ސިނަމާގެ މުހައްމަދު އިބްރާހީމްގެ ކައިވެންޏަށް ލިބުނު ތިންވަނަ ފިރިހެން ދަރިފުޅު އިބްރާހީމް ޒައުލް މުހައްމަދު ގެ ހާލު ގޯސްވެ އަނެއްކާވެސް އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިހާރު އުމުރުން 8 އަހަރުގެ ޒައުލްއަށް ދިމާވެފައިވާ ސިއްހީ މައްސަލައަކީ ސިކުނޑި ކައިރީގައި އުފެދުނު ސިސްޓެއްގެ ސަބަބުން ސިކުނޑީގެ ނާރުތައް ރަނގަޅަށް އުފެދިފައި ނެތުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ޒައުލްވަނީ ސިއްޙީ އެތައް މައްސަލަތަކަކާއި ކުރިމަތިވެފައެވެ. ފައިތިލަ އެނބުރި އަތުގެ އިނގިލިތައް ނުހުޅުވޭ އިރު ސިކުނޑި ބޮޑުވާން ވާ ވަރަށް ބޮޑުވެފައި ނެތް އެ ތުއްތު ޒައުލް ދުވާލަކު އެތައް ފަހަރު ފިޓްޖެހުމުންދާއިރު ގައިގައި އަޅާވޭނާއި ތަދު އެ މޫނުމަތިން ފެންނަމުން ދެއެވެ.

މަންމާއޭ ކިޔާފައި ދަރިފުޅު ގޮވާލާނެ ދުވަހެއްގެ އިންތިޒާރުގައި..!

މީގެ 14 ދުވަސްކުރިން ޒައުލް އޭއީއެޗްގައި އެޑްމިޓްކުރީ ނިއުމޯނިއާ ޖެހިގެންނެވެ.މިއަދާ ހަމައަށްވެސް ޒައުލްގެ ސިއްހީ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު އޮކްސިޖެން ލެވެލް ހިފެހެއްޓުމަށް އޮކްސިޖަން ގުޅާފައި ބޭއްވުން ނޫން އެހެން ގޮތެއް ނެތެވެ. ޒައުލް އަށް އޭއީއެޗް އިން ދެވެން އޮތް ހުރިހާ ފަރުވާއެއް ދެމުން އަންނައިރު އޭނާގެ ސިއްހީ ހާލަތަށް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެ ފަހުން އެ ހޮސްޕިޓަލުން ޒައުލް އިމެޖެންސީގައި މާލެ ފޮނުވުމަށް ވަނީ ނިންމާފައެވެ. ކުއްލިއަކަށް ޒައުލްގެ ހާލަތު ގޯސްވުމާ ގުޅިގެން އާއިލާއަށް ބޮޑު ހިތާމައެއް ލިބިފައިވާއިރު އިތުރު ފަރުވާއަށް މާލެ ގޮސް ހޭދަވާނެ ސީދާ މުއްދަތެއް ނޭގޭތީ އެ އާއިލާއިން ވަނީ އެންމެންގެ އެހީތެރިކަން ބޭނުންވެފައެވެ. އާސަންދައިން ބޭސް ފަރުވާގެ ކަންތައްތައް ހަމަޖެހުނު ނަމަވެސް މާލޭގައި ހޭދަވާ މުއްދަތުގެ ތެރޭގައި ބޮޑު ހަރަދެއް ހިނގާނެކަން ޔަގީނެވެ. އެހެންކަމުން މި ވަގުތު އެ އާއިލާއިން އެދެނީ އެންމެންގެ ދީލަތި އެހީއަކަށެވެ. ” އެހީވެވޭނެ ތަނަވަސްކަމެއް ނެތްނަމަ ޒައުލް އަށް ހެޔޮ ދުއާކޮށްދެއްވާ” އާއިލާ އިން ވަނީ ބުނެފައެވެ.

މި ކުޑަކުޑަ އާއިލާ އަށް އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7505384 / 9468402 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ.

އަދި ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން:

އައިޝަތު ޒާހިރާގެ ބީއެމްއެލް އެކައުންޓް 7701166339101 އަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.

ޓެގު