English Edition
Dhivehi Edition
އިބްރާހީމް ޒައުލް މުހައްމަދު

ސ.މީދޫ ރޯނުގޭ އައިޝަތު ޒާހިރާ(ރަޝީދާ) އާއި ސ.މަރަދޫފޭދޫ ސިނަމާގެ މުހައްމަދު އިބްރާހީމްގެ ކައިވެންޏަށް ލިބުނު ތިންވަނަ ފިރިހެން ދަރިފުޅު އިބްރާހީމް ޒައުލް މުހައްމަދު (9 އަހަރު) ގެ ހާލު ގޯސްވެ އަނެއްކާވެސް އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އާއިލާއިން އަންނަނީ ތައްޔާރުވަމުންނެވެ.

މިވަގުތު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ޒައުލްއަށް ފަރުވާދެމުން އަންނައިރު ނިއުމޯނިއާ ޖެހުމުގެ ސަބަބުން ޒައުލްގެ ފުއްޕާމޭ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އޮކްސިޖަން ނުހިފެހެއްޓުމުގެ ސަބަބުން، ޒައުލްގެ ހާލު އިތުރަށް ދަށްވަމުން އަންނައިރު ފިޓުޖެހުންވެސް ވަނީ އިތުރުވެފައެވެ. ޒައުލްއަށް މާލެއިންވެސް ދެވޭނެ ފަރުވާއެއް ނެތްކަމުން ޑޮކްޓަރުން ވަނީ ޒައުލް އިންޑިއާއިން ފަރުވާ ހޯދުމަށް ލަފާދީ އާސަންދަވެސް ހަމަޖައްސާދީފައެވެ.

ކުއްލިއަކަށް ޒައުލްގެ ހާލަތު ގޯސްވުމާ ގުޅިގެން އާއިލާއަށް ބޮޑު ހިތާމައެއް ލިބިފައިވާއިރު އިތުރު ފަރުވާއަށް އިންޑިއާއަށް ގޮސް ހޭދަވާނެ ސީދާ މުއްދަތެއް ނޭގޭތީ އެ އާއިލާއިން ވަނީ އެންމެންގެ އެހީތެރިކަން ބޭނުންވެފައެވެ. އާސަންދައިން ބޭސް ފަރުވާގެ ކަންތައްތައް ހަމަޖެހުނު ނަމަވެސް އިންޑިއާގައި ހޭދަވާ މުއްދަތުގެ ތެރޭގައި ބޮޑު ހަރަދެއް ހިނގާނެތީ މި ވަގުތު އެ އާއިލާއިން އެދެނީ އެންމެންގެ ދީލަތި އެހީއަކަށެވެ. ” އެހީވެވޭނެ ތަނަވަސްކަމެއް ނެތްނަމަ ޒައުލް އަށް ހެޔޮ ދުއާކޮށްދެއްވާ” އާއިލާ އިން އެދިފައިވެއެވެ.

މިހާރު އުމުރުން 9 އަހަރުގެ ޒައުލްއަށް ދިމާވެފައިވާ ސިއްހީ މައްސަލައަކީ ސިކުނޑި ކައިރީގައި އުފެދުނު ސިސްޓެއްގެ ސަބަބުން ސިކުނޑީގެ ނާރުތައް ރަނގަޅަށް އުފެދިފައި ނެތުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ޒައުލްވަނީ ސިއްޙީ އެތައް މައްސަލަތަކަކާއި ކުރިމަތިވެފައެވެ. ފައިތިލަ އެނބުރި އަތުގެ އިނގިލިތައް ނުހުޅުވޭ އިރު ސިކުނޑި ބޮޑުވާން ވާ ވަރަށް ބޮޑުވެފައި ނެތް އެ ތުއްތު ޒައުލް ދުވާލަކު އެތައް ފަހަރު ފިޓްޖެހުމުންދާއިރު ގައިގައި އަޅާވޭނާއި ތަދު އެ މޫނުމަތިން ފެންނަމުން ދެއެވެ.

މި ކުޑަކުޑަ އާއިލާ އަށް އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7505384 / 9468402 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ.

އަދި ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން:

އައިޝަތު ޒާހިރާގެ ބީއެމްއެލް އެކައުންޓް 7701166339101 އަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.

ފާތިމަތު ސަހާއު (ދައްތަ) 7770000144852 ޑޮލަރު އެކައުންޓް އަށް ޓްރާންސްފާ ކުރެވޭނެއެވެ.

ޓެގު