އައްޑޫ ސިޓީގެ ހުޅުދޫ-މީދޫ އާއި އައްޑޫގެ ގުޅިފައިވާ އަވަށްތައް ބުރިޖަކުން ގުޅާލާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމެއްގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
މި ގޮތުން އަމްރު ވިދާޅުވީ އައްޑޫގައި ހިންގަވަން ނިންމަވާފައިވާ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއަކީ އައްސޭރި ފަތުރުވެރިކަމާއި ސީޕްލޭން ހަބާ ގެ މަޝްރޫއު ކަމަށެވެ. އަދި އަނެއް މަޝްރޫއަކީ ހުޅުދޫ-މީދޫ އާއި އައްޑޫގެ ގުޅިފައިވާ ރަށްތައް ބުރިޖަކުން ގުޅުވައިލުމުގެ މަޝްރޫއުކަމަށް މުއިއްޒު ވިދާޅުވިއެވެ،
މީގެ ކުރިން އައްޑޫ އަށް ރައީސް އަބްދުﷲ ޔާމީންވެ ވަޑައިގެންނެވި ބްރިޖް މަޝްރޫއުގެ ވައުދު ތަކުރާރުކުރައްވަމުން މުއިއްޒު ވަނީ ބަރިޖް އެޅުމުގައި ރައީސް ޔާމީނުގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ތަފާތަށްވެސް އަލިއަޅުވާލާފައެވެ. މި ގޮތުން މުއިއްޒު ވިދާޅުވީ ބުރިޖު އެޅި މީހުންނާއި، ބުރިޖު އަޅަންއުޅެ ނޭޅުނު މީހުން ރައްޔިތުންނަށް ފެނިއްޖެ ކަމަށެވެ. އަދި ކުރިންވެސް ބްރުޖް އެޅި ފަރާތާ ބުރިޖުއެޅުމުގެ މަސައްކަތް ހަވާލުކޮށްފިނަމަ އަދި އިތުރަށްވެސް ބުރިޖު އަޅާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.