English Edition
Dhivehi Edition
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުން---- ފޮޓޯ: ޖޭޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމްގެ “ވަހެއް” ވެސް ނެތް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ށ. ފުނަދޫގައި ކުރިއަށް ދިޔަ ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ހަރަކާތުގައި ވަހީދު ވިދާޅުވީ ބޮޑު އިންތިހާބެއް ރައްޔިތުންގެ ކުރިމަތީގައި އޮތް އިރު، އިދިކޮޅު ޕީޕީއެމަށް ކެންޑިޑޭޓެއް ނުދެއްކުނު ކަމަށެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގެ އުއްމީދުގައި ހުންނެވި ވަހީދު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި އެމަނިކުފާނު ނުކުންނަވަން ހުންނެވި ނަމަވެސް އެ ފުރުސަތު ނުދެއްވި ކަމަށެވެ. ” ޕީޕީއެމްގެ ސެނެޓް ބާއްވައިގެން ވޯޓުލާފައި ހުރި ކެންޑިޑޭޓެއް ނެތް މިއަދު. ނަތީޖާއަކީ މިއަދު ވޯޓުގެ ގޮތުގައި މަޖެންޓާ ފިޔާތޮށި، ޕީޕީއެމް ކުލަ ވެސް ނެތް. ވަހެއް ވެސް ނެތް.” ޕީޕީއެމް އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ވަހީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްއަށް ވަރަށް ބޮޑަށް ތާއިދުކުރައްވަމުން ވަހީދު ވިދާޅުވީ ގާސިމަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް އަތުކުރި އޮޅާލައިގެން އެންމެ ކުރިން މަސައްކަތް ކުރެއްވި ބޭފުޅާކަމަށެވެ. އަދި އެމަނިކުފާނު ވެސް އޭގެ ތެރޭގައި ބައިވެރި ކުރީ ގާސިމްކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްވެސް އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ގާސިމް ކަމަށެވެ.