ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ބަލަމުންދާ މައްސަލައާއި ގުޅިގެން ހޯދަމުން ދަނީ މ.މުލި / ޖޭމުގަސްދޮށުގެ، މުޙައްމަދު ވާފިރު (49އ) އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.
ފުލުހުން ވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2023 އޮގަސްޓް 27 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް އަންގާފައެވެ.