English Edition
Dhivehi Edition

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ހަމަލާދީފިއެވެ.

މިކަމާ ގުޅިގެން ކުރި ފޭސްބުކް ޕޯސްޓެއްގައި އުމަރު ވިދާޅުވީ، މިއަދު މާލޭގައި އޭނާގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން ކުރިއަށްދިޔަ ރޯޑް ރެލީގައި އޭނާއާއި ދިމާލަށް ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނުމަތީގައި ޖަހާފައިވާ ކަމަށެވެ.

” މިއަދު މާލޭގައި އަޅުގަޑު ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ދަގަޑު އެއްޗެއް އެއްލާ އަޅުގަޑުގެ މޫނުމަތީ ޖެހުމަށް ފަހު ފިލާފައި. . އަޅުގަނޑުގެ ސިކިއުރިޓީ ގެ ގޮތުގައި ތިއްބެވި ސިފައިން މިހާރުވަނީ އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައިި. މިހާދިސާގެ ސަބަބުން އަޅުގަޑަށް އަނިޔާއެއް ލިބިފައެއް ނުވޭ” ޢުމަރުގެ ސޯޝަލް މީޑިއާގައިި ލިޔެފައިވެއެވެ.