English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ބަލަމުން އަންނަ ފޯޖަރީ (ސްކޭމް) މައްސަލައަކާ ގުޅިގެން ކުރީގެ ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ކ. މާލެ/ ދަފްތަރު ނަންބަރު ދރ 053، ޢަލީ ޝާހިދު ހޯދަމުން ދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

ފުލުހުން ކުރި އިއުލާނުގައި ވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2023 އޮގަސްޓް 24 ވަނަ ދުވަހުގެ 11:30 އަށް ހާޒިރުވުމަށް އަންގާފައެވެ.

 

ޓެގު