English Edition
Dhivehi Edition

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން، ބަޔާން މިއުނިކަށް ސޮއިކުރިކަން އެ ކްލަބުން ރަސްމީކޮށް މިއަދު އިއުލާނު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ބަޔާންއިން ކޭން ގެންދިޔައީ 86.4 މިލިއަން ޕައުންޑްގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 2027 ވަނަ އަހަރާއި ހަމައަށް ކޭން ބަޔާނުގައި މަޑުކުރާނެއެވެ.

ކޭން އަކީ ބަޔާންގެ ކުޅުންތެރިއެއްގެ ގޮތުގައި މިހާރު ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، ކޭން ބަޔާނާއެކު ކުޅޭ ފުރަތަމަ މެޗަކަށްވާނީ މިރޭ ޖަރުމަނު ސުޕަ ކަޕްގައި އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅޭ މެޗެވެ.

ބަޔާންއާއި ގުޅުމަށް ފަހު ކޭން ބުނީ 20 އަހަރު ޓޮޓެންހަމްގައި ހޭދަކުރެވިއްޖެ ކަމަށާއި، ކްލަބާއެކު ހާއްސަ އެތައް ކަމެއް ހާސިލްވި ކަމަށެެވެ. އަދި ބަޔާންފަދަ ވަރުގަދަ ކުލަބަކުން ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް ކޭން ބުންޏެވެ.

ކޭންއަކީ ޓޮޓެންހަމްގެ ތާރީހުގައިވެސް އެކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާކަމަށް ވާއިރު، އޭނާ ވަނީ އެ ކްލަބަށް ކުޅުނު 435 މެޗުން 280 ގޯލު ޖަހައިދީފައެވެ.