English Edition
Dhivehi Edition

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީއާއި އިދިކޮޅު ޕީއެމްއާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު މުހައްމަދު އަސްލަމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަސްލަމް އިދިކޮޅު ޕީޕީއެމްއާއި އެ ޕާޓީގެ ލީޑަރު ރައީސް ޔާމީނަށް ފާޑުވިދާޅުވެ ވާހަކަދައްކާފައި މިވަނީ ރިޔާސީ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ޕީޕީއެމްއަށް ނިސްބަތްވާ އެ ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން ގިނަބަޔަކު ރައީސް ސޯލިހަށް ވަގަށް ގޮވައި “ޗޯރަށް” ގޮވަމުންދާކަމަށެވެ.

އަދި މިކަމަށް ރައްދު ދީ ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން އަސްލަމް ވިދާޅުވީ ވައްކަން ކުރި ކަމަށް ސާބިތުވެ ޖަލަށްލާ ހިސާބުން އެމީހަކާ ދިމާލަށް “ވަގެކޭ” ބުނުމުގެ ޖާގަ އޮންނާނެ ކަމަށެވެ.

އެހެންވީމާ ވަގުންނަށް ވަގުންނަކީ ކޮބައިކަން އެބަ އެނގެން ޖެހޭ ކަމަށާއި ތިމަންނާ ތާއީދުކުރާ މީހާއަކީ ވަގަކަށް ވީމާ ދެން ތިބޭ އެންމެންނަކީ ވަގަކަށް ވާކަށް ނުޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

“އެނގެން އެބަޖެހޭވވަގުންނަކީ ކޮބައިކަން. އެހެން މީހަކާ ދިމާލަށް ތިމަންނާ ތާއީދުކުރާ މީހާއަކީ ވަގަކަށް ވީމާ ދެން ތިބޭ އެންމެންނަކީ ވަގަކަށް ވާކަށް ނުޖެހޭ،” އަސްލަމް ވިދާޅުވި އެވެ.