English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓްކޮށްފިއެވެ.

ރައްކާތެރިކަމާއެކު ޚިދުމަތް ތައް ފޯރުކޮށްދިނުމުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ ޚިދުމަތްތަކަށް އެދޭއިރު، ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހިގެންދިއުމަކީ ޙިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

އީފާސް އިންޓަގްރޭޓް ކުރުމަކީ އުރީދޫ މޯލްޑިވްސްގެ އަގުހުރި ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކި އެކި ޙިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެއެވެ.

މިކަމާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އީފާސް އިންޓިގްރޭޝަން އެ ކުންފުނީގެ ޕްލެޓްފޯމްތަކަށް ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭއިރު، މި ޕާޓްނަރޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

“އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އަޅުގަނޑުމެންގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓްކުރަން.” އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް މުހައްމަދު ޝަރީފް ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ޚިދުމަތްތަކަށް އީފާސް އިންޓަގްރޭޓް ކުރުމަކީ، ޑިޖިޓަލްކޮށް ބާރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ.

“ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ، އީފާސް، އުރީދޫއިން ބަލައިގަތުމަކީ، އުރީދޫގެ އަގުހުރި ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ޑިޖިޓަލްއިން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލްކުރުމަށް އުރީދޫއިން ސަރުކާރާއި އެކު ކުރެއްވި ވަރަށްވެސް މުހިންމު މަސައްކަތެކެވެ.” ޝަރީފް ވިދާޅުވިއެވެ.

ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމް އަކަށް ބަދަލު ކުރުމުގައި ކަސްޓަމަރ ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގް އިން ކޮށް ޚިދުމަތައް އެދިލެވޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޙިދުމަތް އިތުރަށް ފުޅާކުރެވި އީފާސް ބޭނުންކުރައްވައިގެން ކަސްޓަމަރުންނަށް އުރީދޫ ގެ ހުރިހާ ޚިދުމަތަކަށްވެސް އެދިލެއްވޭނެއެވެ.

މި ސްޓްރެޓެޖިކް އިންޓަގްރޭޝަނާއެކު، ކަސްޓަމަރުންގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ ފަދަ ރައްކާތެރި އަދި މެދުކެނޑުމެއް ނެތް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދެއެވެ.

ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓފޯމް އީފާސް އަކީ ކުރިއަށް އޮތްތަނުގައި ޑިޖިޓަލް ފުރުޞަތުތަކުގެ ދުނިޔެ އިތުރަށް ހުޅުވައިލަދީ ފަރުދުންނަށް އެކި އެކި ޙިދުމަތްތައް ލިބުގަތުމުގައި އިތުރު ފަސޭހަތައް ފަހިކޮށްދޭނެ ޕްލެޓްފޯމެކެވެ.

ޓެގު