English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށްމިހާރު ކުރަމުންދާ ވިއްސާރައިގައި ދ. މީދުއަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނެފައިވަނީ އެރަށުގެ 35 ގެއަކަށް ފެންވަދެފައިވާ ކަމަށެވެ. ގެތަކަށް ގެއްލުންވުމުގެ އިތުރަށް އެރަށުގެ މަގުތަކުގައިވަނީ ފެން ބޮޑުވެފައެވެ. ރެއިން ފެށިގެން އެރަށަށްވަނީ ވާރެހިފައެވެ. އެހެންނަމަވެސް މިވަގުތުވަނީ ވާރޭ ހުއްޓައިފައެވެ. އެމްއެންޑީއެފް އާއި ފުލުހުން ގެންދަނީ މަގުތަކުން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތަށް އެރަށުގެ ރައްޔިތުންވެސް ގެންދަނީ އެހީތެރިވަމުންނެވެ.

އެރަށު ކައުންސިލުންވަނީ ފެންވަދެ ގެއްލުން ވެފައިވާ ގެތަކަށް ޒިޔާރަތްކޮށް ގޭ މީހުންނާއި ގެތަކުގެ ހާލަތު ބަލައިފައެވެ. އެރަށު ކައުންސިލުން ވިދާޅުވެފައިވަނީ ބައެއް ގެތަކުގައި ދެ ފޫޓާއި ދެ ފޫޓު ބަޔަށް ފެންބޮޑުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ކާބޯތަކެއްޗާއި ހިފައި ގެންގުޅޭ ސާމާނަށްވެސް ވަނީ ގެއްލުންވެފައެވެ.

ޓެގު