English Edition
Dhivehi Edition

ރ. މީދޫ މިސްކިތެއްގައި ނަށަމުން ޓިކްޓޮކް ކުޅުނު އަންހެން މީހާ ވަކި މުއްދަތެއް ނެތް ގޮތަށް، ‘ދަންދާނަ’ ގުރޫޕުން ސަސްޕެންޑުކޮށްފިއެވެ.

އަޟްޙާ ޢީދު ފާހަގަކުރުމަށް ރ. މީދޫއަށް ދިޔަ ގުރޫޕަކުން އެ ރަށު މިސްކިތެއްގެ ތެރޭގައި ނަށައި، ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައެވެ.

“ދަންދާނަ” ނަމަކަށް ކިޔާ ގްރޫޕްގެ އަންހެން މެމްބަރުން މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލަ ފެންމަތިވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިއަދު އެ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނީއެ ވީޑިއޯ މިސްކިތެއް ތެރޭގައި ކުޅެފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އޭނާ އަމިއްލައަށް ކަމަށާއި އެ ކަމުގައި އެ ގުރޫޕުގެ އެއްވެސް ހިއްސާއެއް ނެތް ކަމަށެވެ.

މީގެ އިތުރުން އެ ގުރޫޕުން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ގްރޫޕުގެ ދަތުރެއްގައި ކަމަށްވުމުން ގްރޫޕުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް، އޭނާ ވަކި މުއްދަތެއް ނެތި ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި އެ ވީޑިއޯ އާއި ގުޅިގެން އެ ގްރޫޕުގެ ނަން ހަޑިވާނެ ގޮތަށް ހަބަރު ނުފަތުރުމަށް އެދިފައެވެ. އަދި ކުރިއަށް އޮތް ދަތުރުތަކުގައި އެ ގުރޫޕުގެ މެންބަރުންގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރުނުވާނެކަމުގެ ޔަގީންކަން އެ ގުރޫޕުން ވަނީ ދީފައެވެ.

 

ޓެގު