English Edition
Dhivehi Edition

މި އަހަރު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބުކޮށް އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ ބޭފުޅުން ހިމެނޭހެން ޖުމުލަ އަށް ކެންޑިޑޭޓަކު ވާދަކުރެއެވެ.

ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަންތައް އޮންނާނެ ގޮތް ތަރުތީބުކޮށްފައިވަނީ މިއަދު ހަވީރު އިންތިޚާބާއި ބެހޭ މަރުކަޒުކަމުގައިވާ އިލެކްސަން ކޮމިޝަން (އީސީ) އިން ބޭއްވި ރަސްމިއްޔާތުގައި ގުރުއަތު ނަގައިގެންނެވެ.

ނަންތައް ތަރުތީބުކުރަން ގުރުއަތު ނެގުމުގެ ފުރުސަތު ދިނީ އީސީއަށް ފޯމުތައް ހުށަހެޅި ތަރުތީބުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަރުތީބު:

  • 1. އުމަރު ނަސީރު (އަމިއްލަ ގޮތުން)
  • 2. ހަސަން ޒަމީލް (އަމިއްލަ ގޮތުން)
  • 3. އިބްރާހިމް މުހައްމަދު ޞާލިހު (މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ)
  • 4. ޑރ. މުހައްމަދު މުއިއްޒު (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)
  • 5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
  • 6. އަހްމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
  • 7. އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް)
  • 8. މުހައްމަދު ނާޒިމް (މޯލްޑިވްސް ނޭޝަނަލް ޕާޓީ)

މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.