English Edition
Dhivehi Edition

މިއަހަރު އޯލެވެލް އިމްތިހާނު ނިންމާލި ދަރިވަރުންކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބޭކަށް ދެން މާގިނަ ދުވަހެއް ނެތެވެ. އޯލެވެލް ނިންމާލުމަށްފަހު މަތީ ތަޢުލީމުގެ ދަތުރު ފަށަން ތައްޔާރުވާ ގިނަ ދަރިވަރުން ކުރިޔަށްދާންވީ ދާއިރާތައް ކަނޑައަޅާ ނިންމާފައިވާއިރު ބައެއް ދަރިވަރުން ވިސްނަމުންދާނީ ކުރިޔަށްދާނެ ދާއިރާއަކާމެދުއެވެ.
މަތި ތަޢުލީމު ހާސިލުކުރުމަށް ޝައުގުހުރި ދަރިވަރުންނަށް އެހީތެރިވުމަށް މެޕްސް ކޮލެޖުން ތިބީ ތައްޔާރަށެވެ. މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ލެވެލް ކޯސްތަކަކީ ދަރިވަރުންގެ މަތީ ތަޢުލީމު ބައްޓަންކުރުމުގައި ގިނަ ފުރުސަތުތަކެއް ލިބޭނެ ކޯސްތަކެކެވެ. އޭގެތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން،ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ހިމެނެއެވެ. މި ކޯސްތަކުގެތެރެއިން އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކީ އަމިއްލަ ރަށުގައި ތިބެގެން އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހަމައެކަނި ލިބޭނެ ކޯހެވެ. އެއް އަހަރު މުއްދަތުގެ އެޑްވާންސްޑް ލެވެލްގެ ކޯސްތައް ނިންމާލުމަށްފަހު މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ކޮންމެ ކޯހެއްގައިވެސް ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ. ކުރިޔަށްދާނެ ދާއިރާތައް ކަނޑައެޅުމުގައި ވަކިގޮތެއް ނިންމަން ދަތި ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން މެޕްސް ކޮލެޖުން އެދަރިވަރުންނަށް ކެރިއަރ ގައިޑް ސެޝަންތަކެއްވެސް ފޯރުކޮށްދެއެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ކޯސްތަކަކީ ސަރުކާރުން ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް”ގެ ދަށުން ދަރިވަރުންނަށް ހިލޭ ކިޔެވޭ ކޯސްތަކެކެވެ. އަދި އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށްވެސް މިސްކީމްގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުސަތު އޮވެއެވެ. މިކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ. މީގެއިތުރުން މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާއި ގުޅޭ މައުލޫމާތު ކޮލެޖުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ނުވަތަ 3314621 ނަމްބަރަށް ގުޅާލައިގެން ދަރިވަރުންނަށް ހޯދޭނެއެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ އެންމެ ދުވަސްވީ އެއް މަރުކަޒެކެވެ. 2024 ވަނަ އަހަރު ރިހިޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މެޕްސް ކޮލެޖުން ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއެކު، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތައް ތަޢާރަފުކޮށް ކިޔަވައިދިނުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއިއެކު މެޕްސް ކޮލެޖުން އަންނަނީ ހިންގަމުންނެވެ.