English Edition
Dhivehi Edition
ކުރީގެ ހައުސިންގ މިނިސްޓަރ، ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ހުސެއިން ވަހީދު (މިހާރު)

ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ވާދަކުރާ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.

އިދިކޮޅު ލީޑާޝިޕްގެ ތާއީދާއެކު މުއިއްޒުގެ ފޯމު ހުށަހަޅަން ދަރުބާރުގެއަށް ވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެކްރެޓެރީ ޖެނެރަލް މުހައްމަދު ތޮލާލު އާއެކުގައެވެ.

އިދިކޮޅު ކޯލިޝަނުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ކަނޑައެޅީ އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު އަރުވާފައިވާ، ކުރީގެ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމައެވެ. އަދި އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ރާއީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމާއެކު އެންމެ ފުރަތަމަ ޕީޕީއެމް އިން ވަނީ އިންތިހާބު ބޯއިކޮޓްކުުރަން ނިންމާފައެވެ.

އެހެންނަމަވެސް އެ ނިންމުން ގަބޫލު ނުކޮށް ޕީޕީއެމް/ޕީއެންސީ ސެނެޓުން އިއްޔެ ނިންމާފައިވަނީ އިންތިހާބުގައި ވާދަ ކުރުމަށެވެ.