English Edition
Dhivehi Edition
ގއ. ވިލިގިނލި-

ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާ، 24 އަހަރުގެ މީހެއް ގެ އިތުރުން 30 އަހަރުގެ މީހެކެވެ.

ވިލިގިނލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައި ވާކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލައިގައި މީގެ ކުރިންވެސް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.

މި މައްސަަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.